ޚަބަރު

އެސްޓީއޯގެ ސާފު ފާއިދާ 58 އިންސައްތަ އިތުރުވެއްޖެ


އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ފަންސާސް އަށެއް އިންސައްތަ އިތުރުވެއްޖެއެވެ.

އެސްޓީއޯއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް އާއްމުކޮށްފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 104 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 58 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ދެބައި ކުޅަ އެއްބައި އިތުރު އަދަދެކެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 2.5 ބިލިއަން ރުފިޔާގެ ވިޔަފާރިކުރިއިރު، މިއަހަރު ފުރަތަމަ ކުއާޓަރުގައި ކޮށްފައިވަނީ 2.3 ބިލިއަން ރުފިޔާގެ ވިޔަފާރިއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.3 ބިލިއަން ރުފިޔާގެ ވިޔަފާރިކުރިއިރު، އޭގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 353 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ބޮޑު ފައިދާއެއް ލިބިފައިވާއިރު، އެސްޓީއޯއިން ދަނީ އެކުންފުނީގެ ހިންގުން ހަރުދަނާކުރަމުންނެވެ. މިގޮތުން އެކުންފުނީގެ ދަށުން ހިނގަމުންދާ ފައިދާނުވާ ސަބްސިޑަރީ ކުންފުނިތައް ބަންދުކޮށް، ފައިދާވާ ވިޔަފާރިތައް އެސްޓީއޯއިން ދަނީ ފުޅާކުރަމުންނެވެ.