ޚަބަރު

ތިމާވެއްޓާއި ގުލޭ މައްސަލަތައް ހުށައެޅުމަށް ހޮޓްލައިނެއް!


ތިމާވެއްޓާއި ގުޅޭ މައްސަލަތައް ހުށައެޅުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ހޮޓްލައިނެއް ޤާއިމުކޮށްފިއެެވެ.

މި ހޮޓްލައިނަކީ ތިމާވެއްޓަށް އިޙުމާލުވުމާއި ގުޅޭ މައްސަލަތައް ފަސޭހަކަމާއިއެކު، ކަމާއި ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް އީޕީއޭއިން ޤާއިމުކުރި ހޮޓްލައިނެކެވެ. އެޗްޕީއޭގެ ހޮޓްލައިން 7980379 ނަންބަރަށް ގުޅައިގެން އެޗްޕީއޭއާއި ޝަކުވާ ޙިއްސާކުރެވޭނެއެވެ.

މި ނަންބަރަށް އެސްއެމްއެސް ކޮށްގެންނާއި، ވައިބަރ މެދުވެރިކޮށްވެސް ޝަކުވާ ހުށައެޅޭނެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން ރޭގަނޑު އަށަކާއި ހަމައަށް މި ހޮޓްލައިންގެ ޚިދުމަތް ލިބޭނެކަަމަށެވެ.

ތިމާވެއްޓާއި ގުޅުންހުރި މައްސަލަތަކަކީ ފަހަކަށް އައިސް އާއްމުން އެކަންކަމާއިމެދު ހޭލުންތެރި ކަންތައްތަކެވެ.
ހުއްދަ ނެތި އެއް ރަށުން އަނެއްރަށަށް ގަސް ގެންދިއުމާއި، ގޮނޑުދޮށުން ވެލި ނެގުމާއި، އަދި މަޝްރޫޢުތަކުގައި މަސައްކަތް ކުރާ ފަރާތަކުންވެސް ތިމާވެއްޓަށް އިޙުމާލުވެ، ދެވޭ ހުއްދައާއި ޚިލާފަ ކުރާ މަސައްކަތްތައްވެސް މި ހޮޓްލައުން މެދުވެރިކޮށް އެޗްޕީއޭއަށް ހުށައެޅޭނެކަމަށެެވެ.