ޚަބަރު

އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 359 އަށް


ސްރީލަންކާއަށް އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 359 އަށް އަރައިފިއެވެ.

އެ ހަމަލާއާ ގުޅިގެން ލިބުނު ޒަޚަމުތަކުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް މައިތިރިޕަލަ ސިރިސޭނާ ވިދާޅުވީ، މިހާ ގިނަ ޢަދަދެއްގެ މީހުން މަރުވި ހާދިސާތައް ހިނގުން ހުއްޓުވުމަށް ޤައުމުގެ ދިފާޢީ ބާރަށް ނުކުޅެދިފައިވާތީ އެ ޤައުމުގެ ދިފާޢީ ބާރުތަކުގެ ލީޑަރޝިޕަށް ބަދަލުގެންނަވާނޭކަމަށެވެ.

ސިރިސޭނާ ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ބަދަލުތައް ގެންނަވާނޭކަމަށް ވިދާޅުވެފައެވެ.

މި ހަމަލާތަކުގެގެ ޒިންމާ އިސްލާމިކް ސްޓޭޓުން މިހާރު ވަނީ އުފުލާފައެވެ. އެހެންނަމަވެސް އެއީ އެ ޖަމާޢަތުން ހިންގި ހަމަލާތަކެއްކަމުގެ ހެކި، އެ ޖަމާޢަތަށް އަދި ދެއްކިފައެއް ނުވެއެވެ.