ޚަބަރު

ކޮމިޝަންތަކުން ނަގާފައިވާ ބާރުތައް އަލުން ދިނުމަށް ހުށައަޅަނީ


މިދިޔަ ސަރުކާރުން ކޮމިޝަންތަކުން ނަގާފައިވާ ބާރުތައް އަލުން އިޔާދަކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށައަޅުއްވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އެސީސީގެ ގާނޫނަށް ގެނައި އިސްލާހު ހުށައަޅުއްވަމުން އިވާ ވިދާޅުވީ ކޮމިޝަންތަކުން ނަގާފައިވާ ބާރުތައް އަލުން ދިނުމަށް ސަރުކާރުން އަންނަ ހަފްތާގައި މަޖލީހަށް ހުށައަޅާނެކަމަށެވެ. އަދި އެ ބިލްތައް ހުށައަޅާނީ ޢެގައި އިތުރު މުހިއްމު ކަންކަންވެސް ހިމަނައިގެންކަން އިވާ ފާހަގަކުރެއްވިއެވެ. މިގޮތުން ކޮމިޝަންތަކަށް ބާރުދޭއިރު އެ ބާރުތައް ނާޖައިޒުގެ ގޮތުގައި ބޭނުންނުކުރެވޭނެ ގޮތްތައް ކަނޑައަޅަން ހުށައަޅުއްވާނެކަމަށްވެސް އިވާ ވިދާޅުވިއެވެ.

" އަޅުގަޑުމެންނަށް މީގެ ދެމަހަެއްހާ ދުވަސްސަކުރިން ރައީސް ޔާމީންގެ ޕްލެޓްތަކުގެ ލިސްޓް ބަލާލާއިރު އަޅުގަޑުމެންނަށް ފެނުނު މިނިވަން މުވައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އެކަކަށް 11 ފްލެޓް އަނެކަކަށް 7 ފްލެޓް ލިބިފައި އޮންނާނެ. އެހެންވީމަ މިކަހަލަ ކަންތައްވެސް ނުހިނގާނެ ގޮތަކަށް. ދައުލަތުގެ އިސް މަޤާމެއް އޮތީތެވެ އެ ނާޖާއިޒުގެ ގޮތުގައި ބޭނުންނުކުރެވޭނެ ގޮތަށް ވީވަރަކުން ޤާނޫނީ ކޮންޓްރޯލްތައް ގެންނާންވެސް މި ބިލްތަކުގައި މަސައްކަތް ކުރާނަން " އިވާ އަބްދުﷲ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އެސީސީގެ ޤާނޫނަށް އިސްލާހު ހުށައަޅުއްވަމުން އިވާ ވިދާޅުވީ އެ ބިލް ހުށައަޅުއްވީ މުސްތަގިއްލު ކޮމިޝަންތަކުގައި މަސައްކަތްކުރާ މުސްތައްގިލު ބޭފުޅުންނަށް ފުރިހަމަ ޤާނޫނީ ބާރާއި މިނިވަންކަން ދިނުމުގެ ބޭނުމުގައިކަމަށެވެ. އިވާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ފެނިގެންދިޔައީ ހުރިހާ މިނިވަން މުވައްސަސާތަކާއި ކޮމިޝަންތައް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެއަށް ލައިގެން ބިރު ދައްކައިގެން އެއީ ވެރިންގެ އެއްޗައްކަށް ހަދައިގެން މަސައްކަތް ކުރަމުންދިޔަތަންކަމަށެވެ.