ޚަބަރު

އާއްޑޫގެ 'އާތް ޑޭ' ހަރަކާތުގައި 180 އަށް ވުރެ ގިނަ ކުދިންނާއި އެކު ނިންމާލައިފި


އާއްޑޫސިޓީ ގައި 'އާތް ޑޭ' ގެ ހަރަކާތް 180 އަށް ވުރެގިނަ ކުދިންނާއި އެކު ބާއްވައިފިއެވެ.

އައްޑޫނޭޗަރ ޕާކުގައި އީއްޔެ އާއި މިއަދު ވަނީ އާތުޑޭއި ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތުގެ ދަށުން ހިތަދޫ ސްކޫލާއި ފޭދޫ ސްކޫލުގެ ދަރިވަރުންވަނީ، އުކާލެވޭ ޒާތުގެ ތަކެތި ބޭނުން ކޮށްގެން ފެޝަން ޝޯއެއް ކުރިއަށް ގެންގޮސްފައިއެވެ. މި ދެސްކޫލުން ފެޝަން ޝޯވްގައި 180 އާއި ގާތް ކުރާ އަދަދަކަށް ވަނީ ކުދިން ބައިވެރި ވެފައެވެ. ފެޝަން ޝޯގެ އިތުރުން އެގޮތުން ނޭޗާރ ޕާކުގެ އޮފީސް ސަރަހައްދުގެ ތެރޭގައި ވަނީ ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެވުނެވެ. ހަމައެއާއިއެކު ކެންގަރޫ ކިޑްސް ސްކޫލް ކުދިން ވެގެން ވަނީ 'ސްކެޗިންގް ސްކެވެންޖަރ ހަންޓެއް' ކުރިއަށް ގެންގޮސްފައިއެވެ.

މި ހަރަކާތްތަށް ހިނގަމުން ދިޔަ ގަޑީގައި ނޭޗަރ ޕާކުގެ ޓްރައިލްގައި 'އައިރަނާސް'ގެ ދުވުންތެރިން ވަނީ ނޭޗަރތޯން އެށް ކުރިއަށް ގެންގޮސްފައެވެ. ނޭޗަރ ޕާކުން މައުލޫމާތު ދިންގޮތުގައި މިއީ އައްޑޫގައި ބޭއްވުނު މިފަދަ ފުރަތަމަ ނޭޗަރތޯންއެވެ. މި ދުވުމުގައި ދުވުން ތެރިން ދިޔައީ ނޭޗަރ ޕާކުގެ ތެރޭ އޮންނަ ނޭޗަރ ޓްރައިލްގައި ދުވަމުން ފެންނަމުން ދިޔަ ކުނި ތަށް ނަގަމުންނެވެ.

އައްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ( ޑަބްލިއުޑީސީ) އިސް ނަގައިގެން މިދުވަހާ ގުޅިގެން ނޭޗަރ ޕާކް ސާފު ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ހިންގާފައެވެ. އައްޑޫ ނެޗަރ ޕާކާއި، އައްޑޫ ސިޓީ ކައުންސިލް، ޑަބްލިއުޑީސީ އަދި 'އައިރަނާސް' ގުޅިގެން ގެން ދިޔަ މިހަރަކާތުގައި އައްޑޫ ސިޓީ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ވެސް ވަނީ ބައިވެރިވެލައްވާފައެވެ. އަދި ހަަރަކާތްތަށް ނިންމާލުމުގެ ގޮތުން 'އާތް ޑޭ - ޕްލެޖް ޓްރީ' އިފްތިތާޙް ކޮއްދެއްވިއެވެ. މިއީ މިދުވަހާއި ގުޅިގެން އެމީހެއްގެ ނިންމުން ތަށް ހިމަނަން ތައްޔާރު ކޮއްފައިވާ ގަހެކެވެ.

އައްޑޫ ނެޗަރ ޕާކުން މައުލޫމަތު ދިންގޮތުގައި 'އާތް ޑޭ' ފަދަ ދުވަސްތަށް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުންނާއި ތިމާވެއްޓާއި އޮންނަ ގުޅުން ބަދަހި ކޮށް ތިމާވެއްޓަށް އޮންނަ ލޯބި އިތުރު ކުރުން ކަމަށެވެ. އައްޑޫ ނޭޗަރ ޕާކަކީ އައްޑޫ ސިޓީގައި ތިމާވެއްޓާއި ގުޅުން ހުރި ގިނަ ދުވަސްތަށް ފާހަގަ ކޮށް ތިމާވެއްޓާ ގުޅޭ ގިނަ މަޢުލޫމާތު އާންމުނަށް ފޯރު ކޮއްދިނުމަށް މަސައްކަތް ކުރާ ތަނެކެވެ.
------------------------------------
ވޭރިއަސް މެއިލް ކޮއްފައި ވާނެ.