އަވަށްޓެރި ސްރީލަންކާއަށް މިއަދު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސްރީލަންކާ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް ސްރީލަންކާއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.
މިދަތުރުފުޅުގައި އަޙްމަދު ޚަލީލް ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާނެއެވެ.
މި ހަމަލާތަކާ ގުޅިގެން ރައީސް ޞާލިހު ވަނީ ދިވެހިން މިތިބީ ލަންކާ ރައްޔިތުންނާއި އެކުކަމަށާއި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެއިން ލަންކާއަށް އެހީތެރިކަންދެމުންދާނެކަމަށް ވިދާޅުވެފައެވެ.
މި ހަމަލާ ކުށްވެރިކުރަޢްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ މި ހަމަލާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް ތައުޒިޔާގެ ވިދާޅުވެފައި. އަދި ދިވެހިން ތިބީ ލަންކާގެ ރައްޔިތުންނާއެކުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެ އޮންނާނީ ލަންކާއާއި އެކުކަމަށެވެ.
ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މި ހަމަލާތަށް ކުށެއްވެރިކުރައްވާފަ. މި ހަމަލާތަކާއި ގުޅިގެން ނާއިބު ރައީސް ފައިސަލް ނަސީމު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ލަންކާއަށް މިއަދު ދިން ހަމަލާގެ ވާހަކަ އެއްސެވީ ކުއްލި ސިހުމާއި ހިތަމާއާއި އެކުކަމަށެވެ. އަދި ދިވެހިންގެ ހެޔޮ ދުއާ ލަންކާ ރައްޔިތުންނާއި އެކު ވާކަމަށްވެސް ނާއިބް ރައީސް ފައިސަލް ނަސީމު ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މި ހަމަލާތައް ކުށްވެރި ކުރައްވައި ޓްވީޓު ކުރައްވައިފިއެވެ. ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން މި ހަމަލާތައް ކުށްވެރި ކުރާ ކަމަށާއި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާ އެކު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.