ޚަބަރު

ސްރީލަންކާއަށް ދިން ނުރައްކަތެރި ބޮމުގެ ހަމަލާ، ރައީސް ކުށްވެރިކުރައްވައިފި


ދިވެހިން މިތިބީ ލަންކާ ރައްޔިތުންނާއި އެކުކަމަށާއި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެއިން ލަންކާއަށް އެހީތެރިކަންދެމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުން މިހެން ވިދާޅުވީ ލަންކާގެ މިއަދު ހެދުނު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގެ ގަޑިން މިއަދު ހެދުނު ދިހައެއް ޖަހަނިކޮށް ދިން މި ހަމަލާތަކުގައި މިހާތަނަށް 160 ވުރެ ގިނަ މީހުން މަރުވެ 200 ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ލަންކާ ނޫސްތަކުން ބުނެއެވެ.

މި ހަމަލާ ކުށްވެރިކުރަޢްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރެއްވި ޓްވީޓުގައިވަނީ ލަންކާއަށް މިއަދު ހެދުނު ދީފައިވާ ހަމަލާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް ތައުޒިޔާގެ ވިދާޅުވެފައެވެ. އަދި ދިވެހިން ތިބީ ލަންކާގެ ރައްޔިތުންނާއެކުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެ އޮންނާނީ ލަންކާއާއި އެކުކަމަށެވެ.

ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މި ހަމަލާތަށް ކުށެއްވެރިކުރައްވާފައެވެ. މި ހަމަލާތަކާއި ގުޅިގެން ނާއިބު ރައީސް ފައިސަލް ނަސީމު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ލަންކާއަށް މިއަދު ދިން ހަމަލާގެ ވާހަކަ އެއްސެވީ ކުއްލި ސިހުމާއި ހިތަމާއާއި އެކުކަމަށެވެ. އަދި ދިވެހިންގެ ހެޔޮ ދުއާ ލަންކާ ރައްޔިތުންނާއި އެކު ވާކަމަށްވެސް ނާއިބް ރައީސް ފައިސަލް ނަސީމު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މި ހަމަލާތައް ކުށްވެރި ކުރައްވައި ޓްވީޓު ކުރައްވައިފަ އެވެ. ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން މި ހަމަލާތައް ކުށްވެރި ކުރާ ކަމަށާއި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާ އެކު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދު ހެދުނު ލަންކާގައި ބޮމުގެ ހަމަލާތަކެއް ދީފައިވަނީ އެ ޤައުމުގައި އެންމެ މަޝްހޫރު ތިން ހޮޓަލާއި ދެ ފައްޅިއަކަށެވެ. މި ސަރަހައްދުތަކަކީ ދިވެހިން އާއްމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ަމަވެސް މި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުންވިކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ކަމެއްގައި ނޫނީ ލަންކާގައި އުޅޭ ދިވެހިން ގެއިން ބޭރަށް ނުނިކުތުމަށްވެސް ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.