ޚަބަރު

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި


މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފާވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިޑާޅުވާގޮތުގައި މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮއް ވާރޭވެހުމާއެކު ބައެއް ރަށް ރަށަށް ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާ ހުޅަގުން ގަޑިޔަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިޔަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ގައި ވާ ޖެހޭނެ ކަމަށްވެސް ވަނީ އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ދެކުނުގެ ކަނޑާއި އާދާގެ ވަރަކަށް ގަދަވިޔަސް އެހެން ހިސާބުތަކުގެ ކަނޑު އާދާގެ ވަރަކަށް މަޑުވެފައި ރާޅު އުސް މިނުގައި2-5 ފަސް ފޫޓް ހުރުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިލާގަނޑުގާ ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.