ޚަބަރު

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ޝަރަފުގެ ހިނގާލުމެއް ބާއްވައިފި


ސިފައިންގެ އަހަރީ ދުވަހާއި ގުޅިގެން ސިފައިންގެ ޝަރަފުގެ ހިނގާލުމަށް ބާއްވައިފިއެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔައިރު، ޝަރަފުގެ ހިނގާލުން ބަލާލުމަށް ގިނަ އަދަދެއްގެ އާއްމުން ވަނީ މަގުތަކަށް ނިކުމެފައެވެ.

ސިފައިންގެ އެކި ގެމަތަކުން މިހިނގާލުމުގައި ބައިވެރިވެފައިވާއިރު ހުރިހާ ގެމައެއްގެ ސިފައިންވެސް ބޭނުންކޮށްފައިވަނީ އެ ގެމައަކަށް ޚާއްސަ ޔުނިފޯމެވެ. ހަވީރު 4 ޖެހިއިރު ފެށި ހިނގާލުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސަސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ބައިވެރިވިއެވެ. މީގެ އިތުރުން ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި އުޅަނދުތައްވެސް ދައްކާލިއެވެ. އޭގެ ތެރޭގައި ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް ހިމެނެއެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުނަ މާލޭގެ އެކި މަގުތަކުން ކުރިއަށްދިޔައިރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭ ކައިރިއަށް މަޑުކޮށް، ރައިސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޚާއްސަ ކުރުނީހެއް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުންނާއި ޑިފެންސް މިނިސްޓަރ ޝަރަފުގެ ހިނގާލުން ބައްލަވާލެއްވިއިރު، މުލިއާގެ ކުރިމަތީގައި ސިފައިންގެ ބޭންޑުން ވަނީ ޘަޤާފީ ބޮޑުބެރުގެ ޚާއްސަ ޙަރަކާތްތައް ހުށަހަޅާދީފައެވެ.

ސިފައިންގެ ހިނގާލުމުގެ ތެރެއިން މުލިއާގޭގެ އިތުރުން މާލޭ އެކި ސަރަޙައްދުތަކަށް މަޑުކޮށް ސިފައިންގެ ބޭންޑުން ތަފާތު ހުށަހެޅުންތައް ހުށަހަޅައިދިނެވެ. އެގޮތުން ސޯސަން މަގާއި މަޖީދީމަގާއި ޗާންދަނީ މަގު ކަންމައްޗާއި މާފަންނު ސަހަރާ ކައިރީގައި ސިފައިން ވަނީ މަޑުކޮށް ބޭންޑުގެ ޙަރަކާތްތައް ދައްކާލާފައެވެ.