އެވަރޭޖްކޮށް ގިނަ ސަޕޯޓަރުން ކުޅިބަލަން ވަންނަ ޓީމުގެ މަގާމް ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑުން ހޯދައިފިއެވެ.
ފުޓްބޯލް އެބްސަވޭޓަރީއިން ކުރިއަށްގެންދިޔަ ސާވޭއެއް ދައްކާގޮތުން ފުޓްބޯޅަ ދުނިޔޭގައި އެންމެ ރަނގަޅު ސަޕޯޓަރުން ތިބީވެސް ޖަރުމަންގެ ބުންޑަސްލީގުގައެވެ.
ފުޓްބޯލް އޮބްސަވޭޓަރީގެ ފަރާތުން ކުރިއަށްގެންދިޔަ މިސާވޭގައި ވަނީ ދުނިޔޭގައި ކުރިއަށްދާ އެންމެ ބޮޑު ފަންސާސް ދެ ލީގުގެ މެޗުތަކަށް އާއްމުކޮށް ވަންނަ ސަޕޯޓަރުންގެ އަދަދުތައް އެއްކޮށްފައެވެ.
މިގޮތުން އެވަރޭޖްކޮށް އަށްޑިހަހާސް މީހުން ޑޯޓްމުންޑް ދަނޑަށް އެޓީމް ކުޅޭ މެޗުތަކަށް ބަލަން ވަންނައިރު މި ލިސްޓުގެ ދެވަނާގައި އުޅެނީ އިނގިރޭސިވިލާތު މެންޗެސްޓަރ ޔުނައިޓެޑެވެ. މެންޗެސްޓަރ ޔުނައިޓެޑް މެޗުތައް ބެލުމަށް އޯލްޑް ޓްރެފޯޑްއަށް އާއްމުކޮށް މެޗަކަށް ހަތްދިހަ ފަސް ހާސް ސަޕޯޓަރުން ވަދެއެވެ. ތިން ވަނާގައި ބާސެލޯނާ ސަޕޯޓަރުން އުޅޭއިރު ހަތަރު ވަނާގައި އޮތީ ބަޔާން މިޔުނިކް އަދި ފަސް ވަނަ ލިބެނީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަށެވެ.
މެންޗެސްޓަރ ސިޓީ މި ލިސްޓުގެ ބާރަ ވަނާގައި އޮތްއިރު ވާދަވެރި ލިވަޕޫލްގެ ސަޕޯޓަރުން އުލެނީ އެކާވީސް ވަނާގައެވެ. އެއީ ސާޅީސް ހަތް ހާސް ސަޕޯތަރުންނާއެކުއެވެ. އަދި ޗެލްސީ އޮތީ ތިރީސް ތިން ވަނާގައެވެ.
ޖަރުމަންގެ ބުންޑަސްލީގާ މެޗުތައް ބެލުމަށް އާއްމުކޮށް އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ވައްނައިރު މިލިސްޓުގެ ދެވަނާގައި އުޅެނީ އިނގިރޭސި ޕްރިމިއަރ ލީގެވެ. ތިން ވަނަ ސްޕެއިންގެ ލަލީގާ ހޯދާއިރު ހަތަރު ވަނާގައި އުޅެނީ މެކްސިކޯގެ އެމް.އެކްސް ލީގެވެ.
އިޓަލީ ލީގަށް ލިބެނީ ފަސް ވަނައެވެ.