ޚަބަރު

އެންޓި ކެމްޕެއިން ކުރި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ


ރައްޔިތުން މަޖީލިހުގެ އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕެއިންކުރި އެޕާޓީގެ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ ޕާޓީގެ ޕްރައިމެރީ ކާމިޔާބުކޮށް މަޖިލިސް އިންތިޚާބބުގައި ވާދަކުރި ފަރާތްތަކާއި ދެކޮޅަށް ޕާޓިގެ އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ކުރިކަންކަން ބަލާ ހަރުކަށީ ފިޔަވަޅު އެޅުމަށް އެޕާޓީގެ އާއްމު މެމްބަރަކު ގޮވާލާ ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ހަސަން ލަތީފު ވިދާޅުވީ ޕާޓީގެ މަޤާމެއްގައި ހުރެ ޕާޓިގެ ކެނޑިޑޭޓް ނޫން އެހެން ކެނޑިޑޭޓަކަށް ކެމްޕެއިން ކޮށްދިނުމަކީ ގޯހެއްކަމަށެވެ. އަދި އެފަރާތްތަކަށް މެދު ފިޔަވަޅު އަޅަންޖެހޭނެކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

މިމަހުގެ 6 ވަނަދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ 87 ދަިރާގެ ތެރެއިން އެންމެ ދައިރާއަށް ފިޔަވާ ހުރިާ ދާއިރާއަކަށް ވާދަކުރިއެވެ. އަދި އިންތިޚާބުގައި ވާދަކޮށް 65 ގޮނޑިއާއި އެކު އެމްޑީޕން ވަނީ މަޖޅީހުގެ ސުޕަރ މެޖޯރިޓީ ނަގާ ތާރީހުގެ ތެރައަށް ވަދެފައެވެ.

މިދިޔަ މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކޮށް ނާކާމިޔާބު ބައެއް ބޭފުޅުން ވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކޮށްފައެވެ. އޭގެެތެރޭގައި ރައްޔިތުން މަޖިީލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މިހާރު މެމްބަރު މުހައްމަދު އަބްދުލްކަރީމް ހިމެނެއެވެ. އަދި ޕްރައިމެރީން ބަލިވި ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީން ވާދަކުރި ކެނޑިޑޭޓުްނނާއި ދެކޮޅަށް ފާޅުގައި މަސައްކަތްކޮށްފައެވެ.