ޚަބަރު

މަޖީދިއްޔާ ސްކޫލް ޓައިމް ކެޕްސޫލް އޮތްތޯ ޔަގީންކުރަނީ


މަޖީދިއްޔާ ސްކޫލަށް 65 އަހަރު ފުރުމާ ދިމާކޮށް އެ ސްކޫލްގެ ގޯތިތެރޭގައި ވަޅުލި "ޓައިމް ކެޕްސޫލް" އޮތްތޯ ޔަޤީންކުރުމުގެ މަސައްކަތް އެންމެ ފަހުން އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. މި ކެޕްސޫލަކީ މަޖީދިއްޔާސްކޫލްގެ ގިނަ ދަރުވަރުންތަކެއްގެ ހަދާންތަކާއި ގުޅޭ ގިނަ ތަކެއްޗާއި އެކު 1992 ވަނަ އަހަރު ވަޅުލާފައިވާ ކެޕްސޫލެކެވެ.

ކެޕްސޫލް ވަޅުލިތަނަކީ މިހާރު ދަރުމަވަންތަ ސްކޫލްގެ ބިމެވެ. އެ ސްކޫލްގެ އާ އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބިމުގެ ބައެއް ސަރަޙާއްދުތައްވެސްވަނީ ކޮނެފައެވެ. އެއާއި އެކު އެ ކެޕްސޫލް ވަޅިތާ ނެތްކަމަށް ބުނެ އެ ގެއްލުނު ހަބަރުވަނީ ފެތިގެން ގޮސްފައެވެ. އަދި މިއާއި އެކު މަޖީދިއްޔާއިން ކިޔެވި ގިނަ ދަރިވަރުންއަންނަނީ އެކާމާ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.


މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސް ވަކި ޓީމެއްގެ ދަށުން އެ ކްޕށޫލް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ކެޕްސޫލް ގެއްލިފައިވާކަމަށް އަޑު ފެތުރެމުންދިޔަ ނަމެވެސް އެ ކްޕްސޫލް ނެގިކަން މިހާތަނަށް އެނގިފައިނުވާކަމަށެވެ.


ފެން އަޅާ ކަޅު ބޮޑު ފެން ހަމެއްގައި ހަދާފައިވާ މި ޓައިމް ކެޕްސޫލް ވަޅުލިތާ މިހާރުވަނީ 27އަހަރު ވެފައެވެ. މި ކެޕްސޫލްގައި، އޭރުގެ ދަރިވަރުން ލިޔެފައިވާ ސިޓީއާއި، ލިޔުންތަކާއި، މެގަޒިންއާއި، އަދި ބޭންޑްގެ ބައެއް އިންސްޓްރޫމަންޓްތަކާއި، ސްކޫލް ރަމްޒުކޮށްދޭ ތަކެތިވެސް ހިމެނެއެެވެ. މި ކެޕްސޫލް ވަޅުލާފައިވަނީ ސްކޫލަށް 100 އަހަރުފުރޭ، 2027ވަނަ އަހަރު ނެގުމަށެވެ.

މަޖީދިއްޔާ ސްކޫލްގެ އޭރުގެ މެނޭޖުމަންޓުން ކެޕްސޫލް ވަޅުލާފައިވަނީ މަޖީދިއްޔާގެ ގޯތިތެރޭގައި، ދިގު މުއްދަތައް ހުސްކޮށް އޮންނާނެހެން ހީވާ ޖާގައެއް ބެލުމަށްފަހުއެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތް އަޙްމަދު ސާލިހް ވިދާޅުވީ އެ ސްކޫލާއި، އެޑިއުކޭޝަން މިނިސްޓްރީއިން މަޝްވަރާކުރުމަށްފަހު، ސްކޫލްގެ މިއަހަރުގެ އަހަރީ ދުވަހު ކެޕްސޫލް މަޖީދިއްޔާ ސްކޫލަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ދަރުމަވަންތަ ސްކޫލްގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރާއި ވާހަކަދައްކާ އެކަން ކުރަން ނިންމިކަމަށް މަޖީދިއްޔާ ސްކޫލުންވަނީ ބުނެފައެވެ.