ޚަބަރު

ހިތަދޫ ސްކޫލް އާއި ސ. އަތޮޅު މަދުރަސާ އެއްވަރުވެ ،ފޭދޫ ސްކޫލް ބޮޑު ތަފާތަކުން މޮޅުވެެއްޖެ


މަމެން އައްޑޫ އިންޓަރ ސްކޫލް މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ހިތަދޫ ސްކޫލް އާއި ސ.އަތޮޅު މަދުރަސާ އެއްވަރުވެ މަރަދޫ ސްކޫލާއި ވާދަކޮށް ދެވަނަ މެޗް ބޮޑު ތަފާތަކުން ފޭދޫ ސްކޫލް ކާމިޔާބުކޮށްފިއެވެ.
އެގޮތުން އިއްޔެ ފުރަތަމަ ކުޅުނީ ހިތަދޫ ސްކޫލާއި ސ.އަތޮޅު ސްކޫލުގެ މެޗެވެ. މި މެޗުގައި ދެ ސްކޫލުން ކުރެ އެއްވެސް ސްކޫލަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. މުބާރާތުގެ ދެވަނަ އަށް ކުޅުނީ ފޭދޫ ސްކޫލް އަދި މަރަދޫ ސްކޫލުގެ މެޗެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗްގައި ފޭދޫ ސްކޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗު ފޭދޫ ސްކޫލް އިން ކާމިޔަބުކުރީ 0-7 ގެ ނަތިޖާ އަކުންނެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ހާފުގައި ފޭދޫ ސްކޫލްގެ އަލީ ސަދޫފް ޝިޔާމް ހެޓްރިކް ހެދިއިރު އެޓީމްގެ މުހައްމަދު އަލްދީން ވަނީ މެޗްގެ 22 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި ދެވަނަ ހާފުގައި އަލީ ސަދޫފް އިތުރު 2 ލަނޑު ޖެހިއިރު މެޗްގެ 60 ވަނަ މިނެޓުގައި އެ ޓީމްގެ ހުސެއިން ހަމްދުވަނީ ލަނޑެއް ޖަހާފައިއެވެ. މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗް ގައި ބައްދަލުކުރާނީ ހުޅުދޫ ސްކޫލާއި ފޭދޫ ސްކޫލްއެވެ. އަދި ދެވަނަ މެޗް ގައި ބައްދަލުކުރާނީ މަރަދޫ ފޭދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ.
***********