ވިޔަފާރި

އަމާނަ ތަކާފުލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28ގައި


އަމާނަ ތަކާފުލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ޖަލްސާގައި މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ރިޕޯޓު ފާސްކުރުމާއި ކުންފުނީގެ މަސައްކަތްތަކާއި ބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާފައިވާ މާލީ ރިޕޯޓުތަކާއި ތަފާސް ހިސާބުތަކުގެ ރިޕޯޓްތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެއެވެ. މީގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި ކުންފުނީގެ ހިއްސާއާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެކަމަށް އަމާނަތަކަފުލްއިން ބުނެއެވެ.

އަމާނަތަކާފުލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބަވަނީ ކުންފުނީގެ ޗެއަރމަން ތައްޔިބް އަކްބަރަލީގެ އިތުރުން 6 މެމްބަރުންނެވެ. މީގެ ތެރެއިން ދިވެއްސަކަށް ހަމައެކަނި ހުންނަވާ ބޭފުޅަކީ ޑރ. އަބްދުﷲ ޝިހާމް ހަސަންއެވެ.