ވިޔަފާރި

ހއ އަދި ހދ އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތްދޭން ފަށައިފި


އެމްޓީސީސީން ހއ އަދި ހދ އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތްދޭން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ހއ އަދި ހދ އަތޮޅަށް ސްޕީޑް ފެރީގެ ޚިދުމަތް ފެށީ އެކުންފުނިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިންކަމަށެވެ. އެގޮތުން ފުރަތަމަ މިޚިދުމަތް ކުރިއަށްގެންދާނީ ޓްރަޔަލްކޮށްކަމަށާއި ދަތުރަކަށް ނަގާނީ 150 ރުފިޔާއާއި 200 ރުފިޔާގެ އަގެއްކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ސްޕީޑް ފެރީގެ ދަތުރު ޓްރަޔަލް މުއްދަތުގެ ތެރޭގައި މިޚިދުމަތް ދޭނީ ހއ. ދިއްދޫ ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި، މި ތިން ރަށް ގުޅުވާލައިގެންކަމަށެވެ. އަދި ޓްރަޔަލް މުއްދަތު ނިމުމުން ސްޕީޑް ފެރީ ދަތުރުކުރާނެ ދާއިމީ ޝެޑިއުލެއް ކަނޑައަޅާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ހއ އަދި ހދ އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތްދޭން ފަށާފައިވާއިރު، އެކުންފުނިން މިހާރުވެސް ހުޅުމާލެ އާއި މާލެ އަދި ވިލިމާލެ އާއި މާލެއާ ދެމެދު ފެރީގެ ޙިދުމަތް ދެމުންގެންދެއެވެ. މީގެ އިތުރުން ބައެއް އަތޮޅުތަކަށް ވެސް އެކުންފުނިން ދަނީ ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.