ޚަބަރު

އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ އިއްޔެގެ މެޗްތަށް ފޭދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލް ކާމިޔާބު ކޮށްފި.


މަމެން އައްޑޫ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަށް ފޭދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލް ކާމިޔާބު ކޮށްފިއެވެ.

އެގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ހިތަދޫ ސްކޫލާއި ވާދަކޮށް ފޭދޫ ސްކޫލު މެޗް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުން. މެޗްގެ 13 ވަނަ މިނެޓުގައި ފޭދޫ ސްކޫލުގެ އަލީ ސަދޫފް ޝިޔާމް ލަނޑެއް ޖަހާފައިވާއިރު އެޓީމުގެ މުހައްމަދު އަލްދީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑް ފުޅާކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ހިތަދޫ ސްކޫލްއިން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ޖަހައިދިނީ އަލީ އަޒާންއެވެ. މި އުމުރުފުރައިގެ 2 ވަނަ މެޗްގައި މަރަދޫ ސްކޫލްއާއި ވާދަކޮށް މޮޅުކުޅުމެއް ދައްކައިގެން ޝަރަފުއްދީން ސްކޫލުންވަނީ މެޗް ކާމިޔާބުކޮށްފައެވެ.
މި މެޗްގައި މަރަދޫ ސްކޫލާއި އާއި ވާދަކޮށް ޝަރައްފުއްދީން ސްކޫލުގެ އަހުމަދު އުސްމާން ހެޓްރިކް ހަދާފައިވާއިރު އެޓީމުގެ ޒާދު މުހައްމަދު ޙާލިދް ވަނީ 2 ލަނޑުޖަހާފައެވެ.

" ފުރަތަމަ މެޗް އިންމޮޅުވެ ދެވަނަ މެޗް އިން އެއްވަރުވުމުން ކުޅުންތެރިން މެޗަށް ނިކުތީ ފުދޭވަރަކަށް ޕްރެޝަރގައި. ކުދީންގެ ކުޅުމާ ދޭތެރެ ވަރަށް ހިތްހަމަޖެހޭ ކުރިއަށްއޮށްތާ ޕްރެކްޓިސްތަށް އިިތުރުކޮށް މިއަށްވުރެންވެސް ނަތީޖާ ރަނގަޅުކުރެވޭތޯ މަސައްކަތް ކުރާނަން " ޝަރައްފުއްދީން ސްކޫލްގެ އެސިސްޓަންޓް ކޯޗު ބުންޏެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ 12 އަހަރުން ދަށުގެ އުމުރު ފުރާގެ މެޗްތަށް. ފުރަތަމަ މެޗުގައި މަރަދޫ ސްކޫލާއި ފޭދޫ ސްކޫލް ވާދަ ކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީ ޝަމްސުއްދީން ސްކޫލާއި ޝަރައްފުއްދީން ސްކޫލްއެވެ.