ޚަބަރު

ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމު ފުވައްމުލަކުގައި ކުޅޭ އެކުވެރިކަމުގެ ފަހު މެޗް ކުޅެފި.


ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމު ފުވައްމުލަކަށް ކުރި ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދަތުރުގައި އެޓީމް ދެ މެޗް ކުޅެފައިވާއިރު، ފަހު މެޗްގައިވަނީ ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމު ދެބަޔަކަށް ބަހާލުމަށް ފަހު ފުވައްމުލަކު ޖޫނިޔާ ކްރިކެޓް ޓީމުގެ 4 ކުޅުންތެރިންނާއެކު މެޗް ކުޅެފައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް ކެޕްޓަންކަމުގެ ދަށުން ކުޅުނު ޓީމް މޮޅުވެފައިވަނީ އަހުމަދު ކަލީމް ކެޕްޓަން ކުރި ޓީމާއި ވާދަކޮގެންނެވެ. މެޗްގައި މޫސާ ކަލީމް ޓީމުން ވަނީ 20 އޯވަރުގެ ތެރޭގައި 157 ލަނޑު ހަދާފައެވެ. ބަދަލުގައި އަހުމަދު ކަލީމްގެ ޓީމުން 19 އޮވަރުގެ ތެރޭގައި ހެދުނީ އެންމެ 64 ލަނޑު. މޫސާ ކަލީމްގެ ޓީމްއިން މި މެޗް ކާމިޔާބު ކޮށްފައިވަނީ 93 ލަނޑުގެ ތަފާތުންނެވެ. ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމު ފުވައްމުލަކަށް ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމު މިދަތުރުގައި ފުވައްމުލަކުގައި ދެ މެޗް ކުޅެފައިވެއެވެ.