ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް 50 ގޮނޑި ލިބިއްޖެނަމަ ހުއްޓާނުލާ 24 ގަޑިއިރު ފާތަނެކަމަށް ބުނެ މަޝްހޫރު ފަތާ ކޯޗް ވީ ވައުދު ފުއްދުުމުގައި އިއްޔެއިން ފެށިގެން ފަތަމުން އެބަދެއެވެ.
އެމްޑީޕީއަށް 50 ގޮނޑި ލިބިއްޖެނަމަ ހުއްޓާނުލާ 24 ގަޑިއިރު ފަތާނެކަމަށް ބުނެފައިވަނީ މަޝްހޫރު ފަތާ ކޯޗް މއ ލޭކްވުޑް ފިރާސް އަފީފެވެ. އެނާ ވީ ވައުދު ފުރިހަމަ ކުރުމަށް ފަތަން ފަށާފައިވަނީ އިއްޔެ މެންދުރުފަހު 14:00 ގައެވެ. އެނާފެ ފެތުން ނިންމާލާނީ މިއަދު މެންދުރު ދޭ ޖަހާއިރުއެވެ.
ފިރާސްގެ މި މަސައްކަތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތައުރީފުކުރައްވާފައެވެ. އަދި ގިނަ ބަޔަކު ޝޯޝަލް މީޑިއާގައިވެސް ދަނީ ފިރާސްގެ ވައުދު ފުއްދަން އެނާ ކުރާ މަސައްކަތައް ތައުރީފުކުރަމުންނެވެ.
މިއީ އިންތިޚާބެއްގައި ވަކިގޮތަކަށް ކާމިޔާބީއެއް ލިބިއްޖެނަމަ ވަކި ކަމެއް ކުރަން ބުނެ އެކަން މީހަކު ކުރަމުން އަންނަ ފުރަތަމަ ފަހަރުއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖީލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑިއާއި އެކު މަޖިލީހުގެ ސުޕަރް މެޖޯރިޓީ ހޯދާފައެވެ. މީ އާ ޤާނޫނު އަސާސީގެ ދަށުން ބޭއްވި އިންތިޚާބެއްގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެއް ޕާޓީއަކުން ނެގި ފުރަތަމަ ފަހަރެވެ.