ވިޔަފާރި

އައި.އެމް.އެފްގެ ސްޕްރިންގ މީޓިންގްސްގައި ރާއްޖެއިން ބައިވެރިވެއްޖެ


އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީ.ސީގައި ކުރިއަށްދާ ވޯލްޑް ބޭންކް- އައި.އެމް.އެފްގެ ސްޕްރިންގ މީޓިންގްސްގައި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އަދި ގަވަރނަރ އަހްމަދު ނަސީރު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިމަހުގެ އަށަކުން ސާދަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމަކީ ޤައުމުތަކުގެ ފިނޭންސް މިނިސްޓަރުންނާއި، އަމިއްލަ ވިޔަފާރިވެރިންގެ އިތުރުން، ތައުލީމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ، ދުނިޔެއަށް ކުރިމަތިވެފައިވާ އެކި އެކި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން، ފިނޭންސް މިނިސްޓަރ އަމީރު އަދި ގަވަރނަރ ނަސީރު ވަނީ އައި.އެމް.އެފްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޓާއޯ ޖަންގ އާއި ބައްދަލުކުރައްވާފައެވެ. މީގެއިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކުލައިމެޓް ވަލްނަރަބަލް ފޯރަމްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ.