ވިޔަފާރި

ދިރާގުގެ ހުސްވި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، މިމަހުގެ 25ވަނަ ދުވަހު


ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގުގެ ހުސްވި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ޙިއްޞާދާރުންގެ މައުލޫމާތައްޓަކައި ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިރާގުގެ 30 ވަނަ އަހަރީ ޢާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 25 ވަނަ ދުވަހުގެރޭ 20:15ގައި ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ.

މި ޖަލްސާގައި ހުސްވި އަހަރުގެ އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން، ދިރާގުގެ ބޯޑުން ޙިއްޞާދާރުންނަށް ބެހުމަށް ނިންމި ޙިއްޞާގެ ފައިދާގެ ޢަދަދު ފާސްކުރުންވެސް އޮންނާނެއެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ކުންފުނީގެ ބޯޑުން ނިންމާފައެވެ. ދިރާގުގެ ބޯޑުގެ ނިންމުމާއެކު މިފަހަރުގެ އޭޖީއެމްގައި ހިއްސާއަކަށް 11.91ރ ބެހުމަށް ފާސްކުރުމަށް އަހަރީ އާއްމު ޖަލްސާގައި ހުށަހަޅާނެއެވެ.