ސިޔާސީ

އެރިއަދޫގައި އަލިފާން ރޯވެ އަދަނީ!


އދ.އަތޮޅު އެރިއަދޫގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕޮލިސް މީޑިއާ އޮފިޝަލަކު ވިދާޅުވީ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 14:40 ހާއިރު ކަމަށެވެ. އަލިފާނުގެ ހާދިސާގެ މަައުލޫމާތު ލިބުމާއިއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި މާމިގިލި އެއަރޕޯޓް ފަޔަރ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްކޮށް އަލިފާންގަނޑު ނިއްވާނުލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެރިއަދޫ އަކީ ދަނޑުވެރިކަމަށް ދޫކޮށްފައިއޮންނަ ރަށެކެވެ.