މި ސީޒަނުގައި ހަތަރު ތަށި ކާމިޔާބުކުރެވޭނެ ފެންވަރުހުރި ހަމައެކަނި ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށް ޓޮޓްނަމުން ބުނެފިއެވެ.
ޓޮޓްނަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނީ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިންނެވެ.
ޓޮޓްނަމްއަށް ޗެންޕިއަންސް ލީގްގެ ކުއާޓަރ ފައިނަލްގައި ކުޅެލަން ލިބުމަކީ ބޯނަހެއް ނަމަވެސް ސިޓީއަކީ ޗެންޕިއަންސް ލީގްގެ ތައްޓަށް ވާދަކުރި ޓީމްއެއްކަމަށް މައުރީސިއޯ ޕޮޗެޓީނީ ބުންޏެވެ. މިއީ ސިޓީން ވަރަށް ކުރިންސުރެއް ތައްޔާރުވަމުން އަންނަކަމެއްކަމަށާއި އަދި މިސީޒަންގެ 4 ތަށި ކާމިޔާބުކުރެވޭނެ ހަމައެކަނި ޓީމަކީވެސް މެންޗެސްޓަރ ސީޓީކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.
އޭނާ ބުނީ ސިޓީގެ ކޯޗު ގާޑިއޯލާ އަކީ މޮޅު ކޯޗެއް ކަމަށާއި އޭނާ ސްޕޭނުގައި ކުޅުނުއިރު ވެސް ގާޑިއޯލާ ކުޅުނު ބާސެލޯނާ ބަލިކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ކޯޗެއްގެ ގޮތުގައި މިހާރު ދެ މީހުން މަސައްކަތް ކުރާއިރު ވެސް ގާޑިއޯލާ އަކީ ގާބިލް ކޯޗެއް ކަމަށާއި އޭނާގެ ޓީމެއް ބަލިކުރެވޭނީ ވަރަށް މަސައްކަތުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.