ޚަބަރު

މަތިވެރީގައި ހުރި ގެސްޓް ހައުސްއެއްގައި ރޯވެއްޖެ


އއ.އަތޮޅު މަތިވެރީގައި ހުރި ގެސްޓްހައުސްއެއްގައި އަލިފާންރޯވެ އަނދައިފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ މަތިވެރީގައި ހުންނަ އެންމެ ބޮޑު އެއްގެސްޓްހައުސްއެވެ. "ކާޒާ މިއާ" ނަމަކަށްކިޔާ މިގެސްޓްހައުސްގެ ތިން ކޮޓަރީގައި ރޯވިއެވެ. އެއީ ދެ ބުރިއަށް ހަދާފައިވާ ތަނެކެވެ. މަތިވެރީގެ ރައްޔިތުންނާއި އެރަށުގައި ތިބޭ ސިވިލް ފަޔަމަނުން ނުކުމެ ވަނީ މާގިނައިރުތަކެއްނުވެ އަލިފާންނިއްވާލާފައެވެ. ނިއްވާލިއިރު އެތަނުގެ ބައެއް ކޮޓަރިތައް ވަނީ އަނދައި ހުލިވެފައެވެ.

މިއީ މަރާމާތުކުރުމަށް މިވަގުތު ބަންދުކޮށްފައިހުރި ގެސްޓު ހައުސްއެއްކަމަށް މަޢުލޫމާތުލިބެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޢަބްދުﷲ ޖާބިރުގެ އާޢިލީ ޙިއްސާއޮންނަ ތަނެއްކަމަށް މަޢުލޫމާތުލިބެއެވެ.