ވިޔަފާރި

ޓިއުނީޝިއާގެ ޖަދީދާ ބްރޭންޑުގެ މާޖިރީން އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކޮށްފި


ޓިއުނީޝިއާގެ މަޝްހޫރު ޖަދީދާ ބްރޭންޑުގެ މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަރމާޓްއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ.

އެސްޓީއޯއިން ޖަދީދާ ބްރޭންޑުގެ މާޖިރީން ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު އޭގެ ފަސް ސައިޒެއް އެސްޓީއޯއިން ވިއްކައެވެ. އޭގެ ތެރޭގައި އާންމު ގޭބިސީތަކަށް ޚާއްސަ 250 ގުރާމް، 450 ގުރާމް، 1 ކިލޯ އާއި 2.5 ކިލޯ، އަދި ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް 9.5 ކިލޯގެ ޓައްޕު ހިމެނެއެވެ.

ޖަދީދާ މާޖިރީނަކީ ރަހަމީރު އަދި ކޮލެޓީ ރަނގަޅު ބްރޭންޑެއް ކަމަށާއި މިއީ މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެ އެންމެ އަގުހެޔޮ މާޖިރީން ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ. ޖަދީދާ މާޖިރީންގެ ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް އެސްޓީއޯއިން ލިބެންހުރިއިރު، އޭގެ އަގުތައް ވަރަށް ބޮޑަށް އަގުހެޔޮވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ޖަދީދާ ބްރޭންޑްގެ މާޖިރީން ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުންނާއި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

އެސްޓީއޯ ސުޕަރމާޓްއަކީ ކާބޯތަކެތީގެ ކޮލިޓީ ރަނގަޅު ތަފާތު ގިނަ ބާވަތްތަކެއް އެކި ގައުމުތަކުން އެތެރެކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަމުން ގެންދާ ފަރާތެކެވެ. އަދި ހާއްސަކޮށް ރޯދަމަހު ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ މުހިއްމު ހިއްސާދާރެކެވެ.