ކުޅިވަރު

ހެރެއިރާ ޔުނައިޓެޑް ދޫކޮށް ޕީ.އެސް.ޖީ އަށް


މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ އެންޑަރ ހެރެއިރާ ފްރާންސްގެ ޕީ.އެސް.ޖީއަށް ބަދަލުވާން އެއްބަސްވުމަކާ ހިސާބަށް ދެވިއްޖެކަމަށް އިނގިރޭސި މިޑިއާތަކުން ބުނަން ފަށައިފިއެވެ.

ހެރެއިރާ މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މިސީޒަންގެ ނިޔަލަށެވެ. އެއަށްފަހު އޭނާ ބޭނުން ކްލަބަކަށް ޓްރާންސްފަރ ފީއަކާ ނުލާ ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިހާރު ކޮންޓްރެކްޓްގެ ފަހު ހަމަސް ދުވަހަށް އަޅާފައިވުމާއެކު ކޮންޓްރެކްޓް ބުނާގޮތުން އޭނާއަށް އިނގިރޭސި ކްލަބްތައް ފިޔަވާ އެހެން ހުރިހާ ކްލަބަކާއެކުވެސް މަޝްވަރާގެ މޭޒަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.

މިގޮތުން މިހާރު ހެރެއިރާ ޕީ.އެސް.ޖީ އާއެކު ޕްރީ ކޮންޓްރެކްޓް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. އެއީ ހަފްތާއަކު ދެ ލައްކަ ޕައުންޑްގެ މުސާރައަކަށެވެ. މެންޗެސްޓަރ ޔުނައިޓެޑުން ހެރެއިރާއެކު ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ފެށިފައިވީނަމަވެސް ޔުނައިޓެޑުން ވަނީ ހެރެއިރާ ބޭންވާ ވަރުގެ މުސާރައެއް ދޭން ދެކޮޅު ހަދާފައެވެ.

އުމުރުން އޮނަތިރީސް އަހަރުގެ ހެރެއިރާ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނީ ދެހާސް ސާދަ ވަނަ އަހަރެވެ. އެއީ އެތްލެޓިކް ބިލްބާއޯއިން ތިރީސް ހަ މިލިޔަން ޔޫރޯގެ ޓްރާންސްފަރ އެއްގައެވެ.

ޔުނައިޓެޑްގެ އާކޯޗު އޮލޭ ގުނާ ސޮލްސްޝާގެ އިރުޝާދުގެ ދަށުން އެޓީމް ކުޅުނު ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ހެރެއިރާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އަދި އޭނާ އަކީ މިހާރު ޔުނައިޓެޑްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ.