ގ.ގްރީން ބީންސް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވީ އެ ގޭގެ ސިޑިގޮޅީގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ނިއްވާލާފައިވާކަމަށެވެ.