ވިޔަފާރި

50 މިލިއަން ރުފިޔާއިން ފެށިގެން އިތުރަށް އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ އުސޫލު ބަދަލުވެއްޖެ


އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާއިން ފެށިގެން އިތުރަށް އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ އުސޫލު މިއަދުން ފެށިގެން ބަދަލުވެއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ނެރެ އާއްމުކޮށްފައިވާ ޓެކްސް ރޫލިންގައި ވާގޮތުން އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާއިން ފެށިގެން އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން މިއަދުން ފެށިގެން ޓެކްސް ދައްކަން ޖެހޭނީ މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށެވެ.

މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ދެއްކޭނޭކަމަށް ކަނޑައަޅާފައިވާ ޓެކްސްތަކުގެ ތެރޭގައި ހިމެނެނީ، މުދަލާއި ޙިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީ، ވިތްހޯލްޑިންގ ޓެކްސް، އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ބީޕީޓީއެވެ.

މީރާއިން އަންނަނީ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަވާނޭގޮތަށް މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނޭ ގޮތްތައް ފުޅާކުރަމުންނެވެ.