ޚަބަރު

"އެލައިސް 2019" ފުވައްމުލަކުގައި މިއަދު ފަށައިފި


ރާއްޖޭގައި މިއަހަރު ބާއްވާ ތިން ބޮޑީ ބޯޑިން މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތް "އެލައިސް 2019" ފުވައްމުލަކުގައި މިއަދު ފަށައިފިއެވެ.

އެލައިސް 2019"އަކީ 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮއްގެން ކުރިޔަށް ގެންދާ ދެދުވަހުގެ މުބާރާތެކެވެ.

ރާއްޖެ ބޮޑީބޯޑިންގެ ފައުންޑިންގ މެމްބަރ އަލީ ހުޝްވާން ބުނީ ރާއްޖޭގައި މިއަހަރު ބާއްވާ ބޮޑީ ބޯޑިންގެ ތިން މުބާރާތެއް ބާއްވަން ހަމަޖެހިފާވާކަމަށެވެ. އެގޮަތުން ފުވައްމުލަކުގެ އިތުރުން ލ. އަތޮޅާއި، ރ. އަތޮޅުގައި މުބާރާތްތަކެއް ބާއްވަން ހަމަޖެހިފާވާކަމަށެވެ. މިމުބާރާތް ނިންމުމަށް ފަހު ލ.އަތޮޅުގައި މުބާރާތް ބޭއްވިގެން ދާނީ ޖޫން ޖުލައި ހިސާބުގައި ކަމަށް ހުޝްވާން ބުންޔެވެ.

" އަޅުގަނޑު ނޫނަސް، އަޅުގަނޑަށް ވުރެ ކުރިޔަށް ދާނެ ވަރަށް ބާވަރު ކުދިން އެބައުޅޭ ރާއްޖެތެރޭ އެކި ކަންކޮޅުތަކުގައި. މި މުބާރާތް މިބާއްވަނީ 18 އަހަރުން ދަށުގެ ކުދިންނަށް އެހެންވީމަ އަޅުގަނޑުމެންނަށް އެ ޕޮޓެންޝަލް އެބަހުރި ރާއްޖެ ތެރޭއެކި ކަންކޮޅުތަކުގައި. ފުވައްމުލަކުގާވެސް އެބަ އުޅޭ އަޅުގަނޑުމެންނާ އެއްކޮށް މުބާރާތް ތަކުގައި ރާޅާ އެޅޭނެ ފަސް ވަރަކަށް ކުދިން. އެހެން ކަމުން އަޅުގަނޑުމެން ވިސްނަނީ މިމުބާރާތުގައި ވަނަ ލިބޭ ކުދިން މާލެ ގެނެސް ތަމްރީނު ކުރުމަށް ފަހު މާލޭގައި ވަރުގަނދަ މުބާރާތެއްބޭވުން."

ފުވައްމުލަކުގައި މިދިޔަ އަހަރުގައިވެސް ވަނީ "އެލައިސް 2018" ގެ ނަމުގައި ކާމިޔާބު މުބާރާތެއް ބާއްވާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އުމުރުން 14އަހަރުގެ ސިމާން(ޝިމައްލޭ)އެވެ. މިއަހަރުވެސް މި މުބާރާތުގައި އޭނާ ވާދަކުރެއެވެ.