ވިޔަފާރި

އެޗް.އާރު ސަމިޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި


ދެވަނަ އެޗް.އާރު ސަމިޓް އެންޑް އެކްސްޕޯ ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ، މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައެވެ.

އެޗް.އާރު ސަމިޓަކީ އެޗް.އާރް ޑައިރެކްޓަރުންނާއި، އެޗް.އާރު ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުވެ، އެޗް.އާރު ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

އެޗް.އާރު ސަމިޓުގެ މިއަހަރުގެ ޝިއާރަކީ "އެޗު އާރު އޮޓޮމޭޝަން: ދަ ފިއުޗަރ އޮފް ޕީޕަލް މެނޭޖްމެންޓް" އެވެ. މި ސަމިޓުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ އެޗު އާރު ދާއިރާގެ ބޭފުޅުން ބައިވެރިވާނެއެވެ.