ޚަބަރު

އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ޚާއްސަ، އިތުރު ފާހާނާ ބަރިއެއް ހަދަނީ


ރަމަޟާން މަހަށް ތައްޔާރުވުމުގެގޮތުން އިސްލާމީ މަރުކަޒުގައި އަންހެނުންނަށް އިތުރު ފާޚާނާ ބަރިއަކާއި ވިޟޫކުރާ އިސްކުރުބަރިއެއް ހެދުމަށް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒްއާއި އެމް.އެސް އިންސްޓިޓިއުޓްއާއި މެދު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތަކީ 25 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން އިތުރު ދެ ފާޚާނާ އާއި 8 އިސްކުރު އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަސައްކަތް ކުރުމަށް މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކުރި އެމް.އެސް އިންސްޓިޓިއުޓަކީ މާލޭއާއި އަތޮޅުތަކުގައި ކީރިތި ޤުރުޢާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންއަންނަ އަމިއްލަ އިންސްޓިޓިއުޓްއެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޢާންމު ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ސަރުކާރުން މިފަދަ މުހިންމު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކިގޮތްގޮތުން މިސްކިތްތަކަށް އެހީ ވުމަށްޓަކައި ޖަމިއްޔާ ޖަމާޢަތްތަކާއި ޢާންމުންނަށްވެސް ހުޅުވާލާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.