އުރީދޫ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭ ޙިދުމަތަކާއި، ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ޙިދުމަތެއް ތައާރަފްކޮށްފިއެވެ.
ސުޕަނެޓް ސޭވަރ އަދި ސުޕަރނެޓް ޓާރބޯގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުރީދޫން ދެކެއެވެ.
މި ހިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް، ޑިސްޓްރިބިއުޝަން، ހުސެއިން ނިޔާޒް ވިދާޅުވީ ސުޕަރނެޓް ސޭވަރ ޕްލޭން އާއި ޓަރބޯ ސްޕީޑް ބޫސްޓަރ ތައާރަފްކޮށް، އުރީދޫގެ ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
އުރީދޫ އިން މިއަދު ތައާރަފްކޮށްފައިވާ 6 މަސް ނުވަތަ 12 މަސް ދުވަހުގެ ސުޕަނެޓް ސޭވަރ ޕްލޭން މެދުވެރިކޮށް ވަރަށް ފުރިހަމަ ޑިސްކައުންޓް ލިބޭނެ، އަދި 12 މަހުގެ ޕްލޭނާއި އެކު، އިތުރު ދެމަހުގެ ކަނެކްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ.
" ސުޕަރނެޓް ޓާރބޯ، މި ހިދުމަތް ނަގާ ފަރާތްތަކަށް ޕެކޭޖުގެ ސްޕީޑަށް ވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި މި ޚާއްސަ ޕެކް އެކްޓިވޭޓްކުރުމާއި އެކު، 48 ގަޑިއިރާއި ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެ، މިގޮތުން، 2 އެމްބީޕީއެސްގެ ޕެކޭޖެއް ބޭނުންކުރަށްވާ ކަސްޓަމަރެއްވެސް، ޓާރބޯ 50 ގެ ޕްލޭނެއް ނެގުމުން، 48 ގަޑި އިރަށް 50 އެމްބީއެސްގެ އިންޓަނެޓް ސްޕީޑު ބޭނުންކުރެވޭނެ،" ހުސެއިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ކަސްޓަމަރުންގެ ބަދަލުވަމުންދާ މުވާސަލާތީ ބޭނުންތަކަށް އެކަށޭނެ އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮށްދީ، އުރީދޫ އާއި އެކު ކުރާ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކޮށްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.
ސުޕަރ ނެޓް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން މިއަދު އުރީދޫ އިން ތައާރަފްކޮށްފައިވާ އޮފަރ ތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.