ޚަބަރު

ރަޑޮވާން ކަރަޑިޗް ޢުމުރަށް ޖަލަށް ލާން ހުކުމްކޮށްފި



1995 ވަނަ އަހަރު ބޮސްނިޔާގައި ހިންގި ޤަތުލުޢާއްމުތަކުގައި އަދާކޮށްފައިވާ ދައުރާ ގުޅިގެން ސަރބިޔާގެ ކުރީގެ ސިޔާސީ ލީޑަރު ރަޑޮވާން ކަރަދިޗް ޢުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ. އޭނާގެ މައްޗަށް ޙުކުމުކޮށްފައިވަނީ ދަ ހޭގްގައި ހުންނަ އިސްތިއުނާފު ކޯޓަކުންނެވެ.

2016 ވަނަ އަހަރު މިމައްސަލައިގައި އޭނާގެ މައްޗަށް 40 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. އެހެންނަމަވެސް ދަ ހޭގްގެ އިސްތިއުނާފު ކޯޓުން މިއަދި މި ވަނީ އެ ޙުކުމް ޢުމުރު ދުވަހުގެ ޚުކުމަކަށް ބަދަލުކޮށްފައެވެ.

1995 ވަނަ އަހަރުގެ ޖުލައިމަހު ސްރެބްރެންކާގައި މުސްލިމުންގެ ހަތްހާސް ފިރިހެނުންނާއި ފިރިހެންކުދިން މަރާލި ޖަރީމާ ހިންގާފައިވަނީ، އެ ސިޓީގެ ޢާއްމުންގެ ދިރިއުޅުމަކީ ކެތް ނުވެވޭފަދަ ތުރާބޮޑު، އުއްމީދެއް ނެތް ދިރިއުޅުމަކަށް ހެދުމަށް ޢަމުރުކޮށް، ކަރަޑިޗް ސޮއިކޮށްފައިވާ ޢަމުރަކަށް ކިޔަމަންވުމުގެ ގޮތުންކަމަށް އެ ޖަރީމާ ހިންގި ފަރާތްތަކުން ބުނެއެވެ. ސަރބިޔާގައި 1995 ވަނަ އަހަރު ހިންގި ޖަރީމާތަކުގައި ސަތޭކަ ހާސް މީހުން މަރުވެ، ދޭއް ޕޮއިންޓް ދޭއް މިލިޔަން މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ.

މިހާރު ޢުމުރުން 73 އަހަރު ކަރަޑިޗް، އޭނާގެ މައްޗަށް އިއްވި ޙުކުމް އަޑުއަހާފައިވަނީ ވަޒަން ނާރާ ބިއްލޫރިގަނޑެއްގެ ނިވަލުގައި ހުރެގެންނެވެ. 2008 ވަނަ އަހަރު ބެލްގްރޭޑްގައި އޭނާ ހައްޔަރުކުރީއްސުރެ އޭނާ ބަހައްޓާފައި ހުންނަނީ ދަ ހޭގްގައެވެ.