ވިޔަފާރި

6 މަހަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބޭ އޮފަރއެއް ހުޅުވާލައިފި


6 މަސްދުވަހަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބިގެންދާ އޮފަރއެއް އުރީދޫއިން ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ 6 މަސްދުވަހަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބިގެންދާ އޮފަރ ހުޅުވާލާފައިވަނީ އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށާއި ޕޯސްޓްޕެއިޑް އެއްހާސް އިން ފެށިގެން މަތީގެ ޕްލޭނެއްތައް ގެންގުޅުއްވާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްކަމަށެވެ.

ގިނަ ފައިދާތަކެއް ހިމަނައިގެން ފަރުމާކޮށްފައިވާ މި އޮފަރ މެދުވެރިކޮށް، ކަސްޓަމަރުންގެ ޕެކޭޖުގެ ތެރެއިން، އެއްވެސް އިތުރު އަގަކާއި ނުލާ އެމޭޒަން ޕްރައިމް ވީޑިއޯއަށް އަންލިމިޓެޑް އެކްސެސް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުއެވެ. އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެމޭޒަން ޕްރައިމް ވީޑިއޯގެ އަޖުމަ ބެލުމުގެ ގޮތުން 7 ދުވަހަކަށް މުޅިން ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯ ބޭނުންކުރެވޭނެއެވެ. އެއަށްފަހު އެޚިދުމަތް ލިބޭނީ ފުރަތަމަ 6 މަހަށް، މަހަކު އެންމެ 49 ރުފިޔާގެ ފީއަކަށެވެ.

މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ޚިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއިއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފަރއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ. ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިޚިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލުކަން ހޯދާފައިވާ ވީޑިއޯތައް ހިމެނެއެވެ.