ޚަބަރު

ދިޔަމިގިލީގައި ދަގަނޑު ފިލައެއް ވެއްޓި މީހެއްގެ ފައިގެ އިނގިލިތައް ބުރިވެއްޖެ


ދިޔަމިގިލީ ބޯޓްޔާޑްގައި މަސައްކަތްކުރާ މީހެއްގެ ފައި މައްޗަށް ދަގަނޑު ފިލައެއް ވެއްޓި އޭނާގެ ފައިގެ އިނގިލިތައް ބުރިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ދިިޔަމިގިލީ ބޯޓް ޔާރޑްގައި ދަގަނޑު ފިލައެއް ފޯކް ލިފްޓަކުން ތިރިކުރަން އުޅުމުގެ ތެރޭގައި ފިލާ ވެއްޓި އެތަނުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަނާތު ފައިގެ އިނގިލިތައް ބުރިވެފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، މި ކަން ހިނގައި ދިޔަ ގޮތް އިތުރަށް ތަޙްޤީޤް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ޙާދިސާއާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:15 ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.