ޚަބަރު

"ސީ ކުއީން" ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ހދ.ކުޅުދުއްފުށްޓާއި މާލެއާ ދެމެދު ދަތުރުކުރާ "ސީ ކުއީން" ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:28ހާއިރު ކަމަށެވެ. އަދި ބޯޓުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ 1:16 ހާއިރުކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާރު ބޯޓުގެ އިންޖީން ރޫމުން ދުން އަރަމުންދާތީ، ދުން ބޭރުކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ "ސީ ކުއީން" ބޯޓު ކުޅުދުއްފުށީ ބަނދަރުގައި އޮށްވައެވެ. މި ބޯޓު މާލެއިން ކުޅުދުއްފުށްޓަށް ގޮސްފައިވަނީ މިއަދު ހެނުނުއެވެ. މި ބޯޓުގެ ދަތުރުތައް ކުޅުދުއްފުށްޓާއި މާލެއާ ދެމެދު ފަށާފައިވަނީ ވަރަށް ފަހުންނެވެ.