ޚަބަރު

ނިއު ޒިލަންޑްގެ ދެ ސިޓީއެއްގެ ދެ މިސްކިތަކަށް ހަމަލާދީފި


ހަތިޔާރު އަޅައިގެން ތިބި ބަޔަކު ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ވަދެ ދިން ހަމަލާތަކެއްގައި ގިނަ ޢަދަދެއްގެ މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމުވެއްޖެއެވެ.

ނިއުޒިލެންޑްގެ ކްރިސްޗަރޗްގައި ދިން ހަމަލާގައި ބައިވެރިވި އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އަނެއް މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ޕޮލިސް ކޮމިޝަނަރ މައިކް ބުޝް ވިދާޅުވީ ކްރިސްޗަރޗްގެ ނޫރު މިސްކިތައް ދިން ހަމަލާގެ އިތުރުން އެ ޤައުމުގެ ސައުތު އައިލެންޑް ސިޓީގެ ލިންވުޑް މިސްކިތަށްވެސް މިއަދު ހަމަލާދީފައިވާކަމަށެވެ. މި ހަމަލާތަކުގައި ގެއްލުންވީ މިންވަރު އަދި ކަމާ ބެހޭ ފަރާތްތަކުން ސާފުކޮށްދީފައިނުވާ ނަމަވެސް، އެ ފަރާތްތަކުން ވަނީ، މިއީ ނިއުޒިލަންޑަށް އަނދިރި ދުވަހެއް ކަމަށް ވިދާޅުވެފައެވެ.

މިސްކިތްތަކަށް އަމާޒުކޮށް ހަމާލާދޭ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ނިއުޒިލަންޑްގެ އެއްވެސް މިސްކިތަކަށް ނުދިއުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.