ޚަބަރު

އޭއެފްސީގެ ރެފްރީޒް އިންސްޓްރަކްޓަރ ކޯހަށް މުއީނާ ފޮނުވައިފި


އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ އޭއެފްސީގެ ރެފްރީޒް އިންސްޓްރަކްޓަރ ކޯހަށް ރާއްޖޭގެ މުއީނާ މުހައްމަދު ފޮނުވައިފިއެވެ. އެފްއޭއެމުން މި ފުރުސަތު އޭނާ އަށް ދިނީ ރެފްރީންގެ ފިޓްނަސް ޕްރޮގްރާމްތަކަށް ހާއްސަ މީހަކު މިވަގުތު ނެތުމާއި އަންހެން ރެފްރީން އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.
ތިން ދުވަހުގެ މުއްދަތަށް މެލޭޝިޔާގައި ބާއްވާ ކޯހުގައި ޖުމުލަ ބައިވެރިވެފައިވަނީ 19 މީހެކެވެ. މީގެ ތެރޭގައި މުއީނާއާއެކު ފަސް އަންހެނުން ހިމެނެއެވެ. މި ކޯހުގައި ރެފްރީން މެޗުތަކަށް ތައްޔާރުވާނެ ގޮތާއި ފިޓްނަސް ހިފަހައްޓަންވީ ގޮތާއި މެޗުތަކުގައި ދިމާވާ މައްސަލަތަކާއި އެނޫން ވެސް ކަންކަން އުނގަންނައިދޭނެއެވެ. އަދި ކޯހުން އެންމެ ރަނގަޅު ބައިވެރިންނަށް އޭއެފްސީ އެލީޓް އިންސްޓްރަކްޓަރ ގްރޫޕުން ފުރުސަތު ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ. އެލީޓް ގްރޫޕަށް ހޮވޭ ރެފްރީންނަށް ރެފްރީން އެސެސް ކުރުމަށް އޭއެފްސީގެ މުބާރާތްތަކުން ފުރުސަތު ދޭނެއެވެ.