ޚަބަރު

ސައުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ޒިޔާރަތްކުރައްވައިފި


ސައުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބެއިރު، ޕާކިސްތާނަށް ޒިޔާރަތްކުރައްވައިފިއެވެ.

އެއް ދުވަހުގެ މި ދަތުރުފުޅުގުއި އެމަނިކުފާނުގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކަށް ވާނީ، ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕާކިސްތާނާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން ޕާކިސްތާނުގެ މަސްއޫލުވެރިންނާއެކު މަޝްވަރާކުރެއްވުމެވެ.

ސައުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ޒިޔާރަތްކުރެއްވުމަށް ކުރިން ކަނޑައެޅުއްވީ މިދިޔަ ހަފުތާގައެވެ. އެހެންނަމަވެސް ވަކި ސަބަބެއް ވިދާޅުނުވެ އެ މަނިކުފާނު ވަނީ، އެ މަނިކުފާނުގެ ދަތުރުފުޅު ފަސްކުރައްވާފައެވެ.