ޚަބަރު

ބެޑްމިންޓަން އެސޯސިއޭޝަނުން ނ.ހޮޅުދޫގައި ކޯޗިންގ ކޯހެއް ފަށައިފި


ބެޑްމިންޓަން އެސޯސިއޭޝަނުން ނ.ހޮޅުދޫގައި ބީ ޑަބްލިއު އެފް ލެވެލް އެކެއްގެ ކޯޗިންގ ކޯހެއް ފަށައިފިއެވެ.

އަތޮޅުތެރޭގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަގުސަދުގައި މާރޗް ތިނަކުން ނުވައަކަށް ކުރިއަށްގެންދާ މި ކޯހުގައި 14 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި ހޮޅުދޫއިން މި ކޯހަށް ރަނގަޅު ތަރުހީބެއްވަނީ ލިބިފައިއެވެ. ހޮޅުދޫއަކީ މީގެ ކުރިންވެސް ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޅޭ ކުޅުންތެރިންތަކެއް އުފައްދާފައިވާ ރަށެކެވެ. ހާއްސަކޮށް ރަށުގައި ތަމްރީނުވެ އަތޮޅު މުބާރާތްތަކުގައިވެސް ހޮޅުދޫގެ ކުދިން ވަނީ ވިދާލާފައެވެ. މިހާރުވެސް ގައުމީ ސްކޮޑުގައި ހިމެނޭ އާކިފް އަކީ ހޮޅުދޫއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަންނަނީ އަތޮޅުތަކުގައި ބެޑްމިންޓަން ކުރިއެރުވުމަށް ގިނަ ކޯޗިން ޕްރޮގްރާމްތަކާއި، ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމުގެ މަސައްކަތްކުރަމުންނެވެ.