ދިވެހިރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 4 މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި 4 މަސްބޯޓުގެ ތެރެއިން 2 ބޯޓެއް ފެނިފައިވަނީ ހއ.ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި އަނެއް 2 ބޯޓު ފެނިފައިވަނީ ކުރިން ފެނުނު ދެ މަސްބޯޓު ހދ.ކުޅުދުއްފުއްޓަށް ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ހުރަވީ ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
މި 4 މަސްބޯޓު ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި މި ބޯޓުތައް ކުޅުދުއްފުށްޓަށް ގެންދެވޭނެކަމަށް ލަފާކުރެވެނީ މިރޭ 22:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.