ޚަބަރު

ޖިއާންގެ މަރުގެ މައްސަލާގައި 6 މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލަ ޑަބްލިޔު ކޮންސްޓަކްޝަންގެ އެމްޑީއާއި އެކު އިތުރު ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.
ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝް ކުއްޖެކަމަށްވާ އުމުރުން 7 އަހަރުގެ ރައުޝަން މަރުވީ މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހެވެ.

މި ހާދިސާ ހިނގާފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަނުން މަސައްކަތްކުރަމުން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓިގެންނެވެ. މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އިންޑީއާގެ 4 ރައްޔިތަކާއި 2 ދިވެހިންގެ މައްޗަށެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ ދިވެހިންނަކީ މާލެ ދަފްތަރު 8424 މޫސާ ހަސަންނާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްއެވެ. މި ދެމީހުންގެ ތެރެއިން މޫސާ ހަސަން އަކީ ޑަބްލިޔު ކޮންސްޓަރކްޝަންގެ ކޮމްޕެނީގެ ސީނިއަރ ސައިޓް ސްޕަވައިޒަރެވެ. އަދި އާދަމް ޝަފީޤަކީ އެ ކޮމްޕެނީ މެނޭޖިން ޑިރެކްޓަރެވެ.

މި ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ މުސާ ހަސަންނާއި އާދަމް ޝަފީގްބެލުމުގެ ދަށުން އިމާރާތުގެ ބޭރުން ފަރީދީމަގަށް ޖަމާކޮށްފައިވާ ހިލަ ބަސްތާތަކާއި ސިމެންތި ބަސްތާތަކެއް ސަވާޖީ ބޭނުންކޮށްގެން ވިންޗްގެ އެހީގައި 9 ވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތް ކުރިއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އެމީހުން އިހްމާލުވެފައިވާކަމަށެވެ. މި ދެމީހުންގެ މައްޗަށް ދައުވާކުރަނީ މީހަކު މަރުވެ ދިއުމުގެ އިހްމާލް އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު ބިދޭސީންނަކީ އިންޑީޔާގެ ރައްޔިތުންނެވެ. މީގެތެރެއިން ސިމެންތި ބަސްތާތައް ނަގަން ބޭންކުރި ވިންޗް އޮޕަރޭޓްކުރަން ހުރި މީހާގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަކުރުމުގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ 6 އަހަރަށް ޖަލަށްލުމެވެ. އަދި ދެން ތިބި ތިންމީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން ސިމްނެތި ބަސްތާ ވެއްޓުނީ ބަސްތާތައް ނުވަވަނަ ފަންގިފިލާއަށް އެރުވުމށް ބޭުންކުރަމުންދިޔަ ވިންޗް ލައިނަށް މާބޮޑަށް ދޫވެގެންނެވެ.

ޖިއާން މަރުގެ މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނި ވަނީ 500،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.