ސާބިތު ދަރަނީގެ މައްސަލަ އޮތުމުން އިލެކްޝަނަސް ކޮމިޝަނުން ފޯމް ބަލައިނުގަތް ކެނޑިޑަސީ ބަލައި ނުގަތް ހަސަން ޝިޔާމްގެ ފޯމް ބަލައިގަތުމަށް އިލްކެޝަނަސް ކޮމިޝންގެ މައްޗަށް ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ.
މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލި ހަސަންގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރީ އޭނާ ހިމެނޭ ގޮތަށް އާއިލާގެ މައްޗަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަމުން ނުދާކަމަށް ބުނެއެވެ.
އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމްކޯޓަށް ހުށައެޅުމުން އެ މައްސަލަ ނިންމާއި އެ ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ހަސަން ޝިޔާމް ހިމެނޭ ގޮތަށް އިއްވާފައިވާ ސާބިތު ދަރަނީގެ މައްސަލަ އޮތީ މަތީ މަރުހަލާގެ ކޯޓްގައި އިސްތިއުނާފްކޮށް ފައިކަމަށެވެ. އެެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ހަސަންގެ ފޯމް ބަލައިނުގަތުމަށް ނިންމާފައިވަނީ ފުރިހަމަ ނުވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމްގައިވެއެވެ.
ރައްޔިތުން މަޖީލީހުގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައިވަނީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާ ނަމަ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭނެކަމަށެވެ.
އަންނަ މަޖިލިސް އިންތިޚާބުގައި މެދު ހެންވޭރު ދާއިރާއަށް ހަސަންގެ އިތުރުން މިހާރުވެސް އެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ އެމްޑީޕީ މެމްބަރު އަލީ އާޒިމްވެސް ވަނީ ގޮނޑި ދިފާއުކުރެއްވުމަށް އެ ދައިރާއަށް ކުރިމަތިލައްވާފައެވެ.