ވިޔަފާރި

މެކްސްކޮމް އަދި ވެސްޓްރޯއިން ހުވާވޭގެ ނޯވާ 4، ރާއްޖޭގެ ބާޒާރަށް ނެރެފި


ހުވާވޭގެ އެންމެފަހުގެ ސްމާޓްފޯނު، ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
ނޯވާ4 ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ މިކަމަށްޓަކައި ހުޅުމާލެ ސިޓީގައި ހުންނަ ވެސްޓްރޯ މޯބައިލްގައި ބޭއްވި ހަފްލާއެއްގައެވެ.

މި ފޯނު ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ، ހުވާވޭގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްތްރިބިއުޓަރ، މެކްސްކޮމް ޓެކްނޮލޮޖީ އާއި ވެސްޓޯ ގުޅިގެންނެވެ. ނޯވާ4 ރަސްމީކޮށް ތައާރަފްކޮށްދެއްވީ މެކްސްކޮމްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޒީލް އަދި ވެސްޓޯ މޮބައިލްގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދުއެވެ.

ހުވާވޭ ނޯވާ4 ގެ މުހިއްމު ބައެއް ސިފަތަކަށް ބަލާއިރު، މި ފޯނަކީ ބެޓްރީ ޗާޖު ނުގޮސް ގިނައިރު ހިފަހައްޓައިދޭ ފޯނެކެވެ. އެހެންކަމުން މި ފޯނަކީ ގޭމިންއަށް ހާއްސަ ފޯނެކެވެ.

ނޯވާ 4 ގެ ބައެއް ފީޗާސްތައް
ސީޕީޔޫ- އޮކްޓަކޯ 1.8 ގިގަހާޓްސް
ސްޓޯރޭޖް- 128 ޖީބީ
ރެމް- 8 ޖީބީ
މެއިން ކެމެރާ- 48 މެގަޕިކްސެލް
ފްރަންޓް ކެމެރާ- 25 މެގަޕިކްސެލް

މެކްސްކޮމް ޓެކްނޮލިޖީބް ބުނީ، މި ފޯނު ވިއްކުމަށް ހަމަޖެހިފައިވަނީ، އެއް އަހަރު ދުވަހުގެ ވޮރަންޓީއާއިއެކު ކަމަށެވެ. ފޯނުގެ އަގަކީ 7،990 ރުފިޔާއެވެ. މި ފޯނު އިންސްޓޯލްމަންޓް މެދުވެރިކޮށް ލިބޭނޭކަމަށް މެކްސްކޮމްއިން ބުނެއެވެ.