ޚަބަރު

ފާތިމަތު އާޝާން އެސްޓީއޯއިން ވަކިކޮށް، މިފްކޯގެ ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖައްސައިފި


އެސްޓިއޯގެ ސީނިއާ ޖެނެރަލް ޖެނެރަލް މަޤާމުގައި ހުންނެވި ފާތިމަތު އާޝާން މަޤާމުން ވަކިކޮށް، މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ހަމަޖައްސައިފިއެވެ.
އެސްޓީއޯއިން ވަނީ އާޝާން މިފްކޯގެ ޑެޕިއުޓީ ސީއީއޯއަށް ބަދަލުކުރުމުގެ އިތުރުން، އެކުންފުނީގެ ސީނިއާ މެނޭޖްމަންޓްގައި ހިމެނޭ އިތުރު ދެ ބޭފުޅަކު މަޤާމުން ވަކިކޮށްފައެވެ.

މަޤާމުން ވަކިކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ، އެނަރޖީ ޑިޕާޓްމަންޓްގެ ހެޑެއްގެ ގޮތުގައި ހުންނެވި ރަމްޒީ އަބޫބަކުރުއެވެ. އަދި އަނެއް ބޭފުޅަކީ، ޕްރޮކިއުމަންޓް ހެޑެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝުޖާއުއެވެ.

އެސްޓީއޯއިން ބުނެފައިވަނީ، މިއީ އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ތަނުގެ އެންމެ އިސް މެނޭޖުމަންޓުން ގެނެސްފައިވާ ބަދަލެއްކަމަށެވެ.