ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗެއާމަނަކަށް މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ ޒަކީ ހަމަޖައްސަވައިފިއެވެ.
މިކަމާއި ގުޅިގެން ނަޒާކީ ޒަކީ ވިދާޅުވީ، ރައީސް ޞާލިޙް އޭނާއަށް އިތުބާރު ކުރެއްވީތީ ވަރަށްބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، ވިޔަފާރިވެރިންނަށް އެމްޕީއެލްގެ ތެރެއިން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ނަޒާކީ ޒަކީ މި މަޤާމަށް އައްޔަނުކޮށްފައިވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.
ނަޒާކީ ޒަކީ އަކީ މީގެކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ނަޒާކީ ޒަކީ އަށް ވަނީ މެލޭޝިއާގެ ރަސްގެފާނު ދެއްވާ މަތީ ޝަރަފެއްކަމަށްވާ 'ދާތޯ" ގެ ލަޤަބުވެސް އަރުވާފައެވެ.