ސަރުކާރު ޖަވާބުދާރީކުރުމަށް އަންނަ މަޖިލީހުން އިދިކޮޅު ޕާޓީތަކުން މެމްބަރުން އިންތިޚާބު ކުރަންޖެހޭކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް ިއބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހަށް މާމިގިލީ ދާއިރާގެ ކެމްޕެއިން ފެއްޓޫމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޤާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލލިބެންޖެހޭނީ ސަރުކާރު ކޯލިޝަނަށްކަމަށެވެ. އަދި ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބެން ނުޖެހޭކަމަށާއި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫންކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވުމަށް އިދިކޮޅު ފަރާތްކަށް މަޖިލީހުން ޖާގަ ލިބެންޖެހޭކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
މާމިގީލީ ދާއިރާގެ ގޮނޑި ތިންވަނަ ފަހަރަށް ދިފާއުކުރެއްވުމަށް ކެޕްމެއިން ފައްޓަވަމުން ގާސިމް ވިދާޅުވީ މަޖީލީހުގެ މެޖޯރިޓީ ޖޭޕީއަށް ލިބެން ބޭނުންނުވާކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް ތާއީދުކޮށް ވޯޓްދިނުމަށްވެސް ޤާސިމް ގޮވާލެއްވިއެވެ.
މި މޭރުމުން ޤާސިމް ވާހަކަދައްކަވާފައި މިވަނީ އައްނަ ރައްޔިތުން މަޖޅީހުގައި ވާދަކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި އެކު ޖޭޕީން މަޝްވަރާކުރަމުންދާކަމަށް އަޑުތައް ފެތިރިފައިވަނިކޮށެވެ. އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމި ބައެއް ދާއިރާތައް ޖެޕީއަށް ދޫކޮށްލުމަށް ނިންމާ އެ ދާއިރާތަކަށް ޓިިކެޓް ދިން ފަރާތްތަކުގެ އަތުން ޓިކެޓް ގެންގޮސްފައިވެއެވެ.