ޚަބަރު

"ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާގުޅޭ އުޞޫލު" އުވާލާއިފި


2017 ވަނަ އަހަރު ޢަމަލުކުރަން ފަށާފައިވާ ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމާގުޅޭ އުޞޫލަށް ޢަމަލުކުރުން ހުއްޓާލާ އެ އުސޫލު ބާޠިލުކޮށްފިއެވެ.

2017 ވަނަ އަަހަރުގެ މެދުތެރޭރޭގައި އޭރުގެ ސަރުކާރުން އާންމުކުރި ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާގުޅޭ އުސޫލަކީ ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމަށްޓަކައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތާއި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާ އުސޫލެކެވެ. އެގޮތުން މި އުޞޫލުގައި ދިދައިގެ ސިފަތަކާއި ކުލަތަކާއި މިންތަކާއި ދިދަ ބޭނުންކުރަންޖެހޭ ހަމަތައް ސާފުކޮށް ބަޔާންކުރައްވާފައިވާއިރު ދިދަ އާންމުކޮށް ނަގާފައި ބެހެއްޓޭނެ ތަންތަނާއި ވަގުތާއި ޙާލަތާއި އަދި ޚާއްޞަ މުނާސަބަތުތަކުގައި ދިދަ ބޭނުންކުރެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.

ބާޠިލް ކުރި އުޞޫލާއެކު އުވިގެން ދިޔަ އެންމެ ފާހަގަކުރެވޭ ކަމަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި އަދި އަތޮޅެއްގައި ދައުލަތުގެ މުޢައްޞަޞާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން އެރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެން ނުވާނެކަމަށް ކަނޑައަޅުއްވާފައި އޮތް އޮތުމެވެ.

ކުރިން އަމަލު ކުރަމުން އައި އުސޫލާއި އެކު ޖުމްހޫރީ ޕާޓޫގެ ދިދަ ޤާއުމޫ ދިދައާއި ވައްތަރުކަމަށް ބުނެ އެ ދިދަ ބަދަލުކުރުމަށް ވަނީ އަންގާފައެވެ. އަދި ކުރީގެ ރައީސް މައުމޫނުގެ އޮފީހުގައި ހުރި ދިދައެއްވެސް ފުލުހުން މެދުވެރިކޮށް ނަގާފައިވެއެވެ.