ކުޅިވަރު

ބާސެލޯނާ އާއި އެތްލެޓިކް ބިލްބާއޯ މެޗު އެއްވަރު

ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި އެތްލެޓިކް ބިލްބާއޯ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު ދެ ވަނާގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެމެދު މިހާރު އޮތީ އެންމެ 6 ޕޮއިންޓްގެ ފަރަގެކެވެ
.
ބާސެލޯނާ އަށް 61 ޕޮއިންޓް ލިބިފައިވާއިރު ރެއާލް އަށް ލިބިފައިވަނީ 55 ޕޮއިންޓް އެވެ.

މި މެޗުގައި ކެޕްޓަން ލަޔޮނަލް މެސީ ފުލްކޮށް ކުޅުނުއިރު އޮސްމާނޭ ޑެމްބެލޭ ތިން މެޗަށް ފަހު ރޭ ވަނީ ފަހުހާފުގައި ކުޅެން ނުކުމެފައެވެ. އޭނާގެ އަނިޔާ ރަނގަޅުވެފައިވުމަކީ މި ހަފުތާގައި ކުޅެންޖެހޭ ޗެމްޕިއަންސް ލީގު މެޗަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މެޗަށް ފަހު ކޯޗު ބުންޏެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓާ ވަލްވާޑޭ ބުނީ މިއީ މޮޅުވާން ފުރުސަތު ލިބުނު މެޗެއް ނަމަވެސް ކޮންމެ މެޗަކީ ކާމިޔާބު ކުރެވޭނެ މެޗެއްނޫން ކަމަށެވެ. ޓީމުގެ ފޯމު ދަށްވެފައިވާ މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ ފުޓްބޯޅައިގައި ނަތީޖާ ނުކުންނާނީ އެކި ދުވަހު އެކިގޮތަށް ކަމަށެވެ.