ކުޅިވަރު

ބޭސިކް ފުޓްބޯލް ރެފްރީ ކޯހެއް އަައްޑޫގައި ފަށަނީ


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް އިން ފުޓުބޯޅަ ބޭސިކް ރެފްރީ ކޯހެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އަތޮޅު ތެރޭގެ ފުޓުބޯޅަ މުބާރާތް ފެށުމުގެ ކުރިން އެ މުބާރާތުގައި ރެފްރީކަން ކުރާނެ ރެފްރީން ތަމްރީން ކުރުމުގެ ގޮތުން 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބޭސިކް ރެފްރީ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 1 ވަނަ ދުވަހެވެ.

2019ވަނަ އަހަރު ރެފްރީން ތަރައްގީ ކުރުމަށް އެފްއޭއެމުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރެފްރީ ކޯހުގައި
މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް އައްޑޫ ސިޓީގެ އޮފީހުންނެވެ. އަދި މިކޯހުގައި ބައިވެވޭނެ އެންމެ ފަހު ދުވަހަކީ މިމަހުގެ 19އެވެ.

މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ރާއްޖޭގެ ރެފްރީންނަށް ކޯޗުންނާއި ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، 2017ވަނަ އަހަރުގެ ސީޒަންގައި ބައެއް މެޗުތަކުގައި ރެފްރީގެ ނިންމުންތަކަށް ޓީމްތަކުން ނުރުހުންފާޅުކޮށް މެޗު ހުއްޓާލަންވެސް ޖެހުނެވެ. އަދި މިދިޔަ ދެ ސީޒަންގައިވެސް ބައެއް މުބާރާތްތަކަށް ބިދޭސީ ރެފްރީން ރާއްޖެ ގެނެސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.