ކުޅިވަރު

8 ޓީމްއާކު ކްރިކެޓް ޕްރިމިއަރ ލީގް މިއަންނަ ހުކުރު ދުވަހު ފަށަނީ


8 ޓީމްއާކު ކްރިކެޓް ޕްރިމިއަރ ލީގް މިއަންނަ ހުކުރުދުވަހު ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފި. މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ އެމް.އެސް އެޗް.އެޗް ސްޕޯޓްސް އެކަޑަމީއާއި ހިންނަވަރު ހިރިޔާ. ދެވަނަ މެޗްގައި ވާދަކުރާނީ މިލާން ކްރިކެޓް އެކަޑަމީއާއި ނިއު ސްޓަރ. ތިންވަނަ މެޗްގައި ވާދަކުރާނީ އޮފް އެފްސީއާއި ސީބީއެލް ސްޕޯޓްސް. އަދި މިމުބާރާތުގެ ހަތަރުވަނަ މެޗްގައި ވާދަކުރާނީ ހިންނަވަރު ހިރިޔާ އާއި މާލޭ ސްޕޯޓްސް ކުލަބް.
ކޮންމެ ހަފްތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 30ވަނަ ދުވަހު. މުބާރާތުގެ ލީގް ޗެންޕިއަންކަން ލިބިގެންދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމްއަށް. އަދި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމްގެ މެދުގައި ކުޅެވޭ ފައިނަލް މެޗް ކާމިޔާބުކުރާ ޓީމްއަކަށް މުބާރާތުގެ ޗެންޕިއަންކަން ލިބިގެންދާނެ.